Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ހުޅުމާލޭގައި ސްޓެލްކޯގެ އެނެކްސް-2 އިންޖީނުގެ ހުޅުވައިފި

ސްޓެލްކޯއިން މިއަހަރުގެ ޕީކް ހޭންޑްލިންގ އަދި ގްރޭޓަރ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ހުޅުމާލޭގައި އަލަށް ތަރައްޤީކުރި އެނެކްސް-2 އިންޖީނުގެ ހުޅުވައިފިއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާ ވަނީ ދިދަ ނަންގަވައިދެއްވާފައެވެ.

އެކުންފުނިން ބުނީ އެނެކްސް-2 އިންޖީނުގެ ތަރައްޤީކުރުމުގެ މަސައްކަތް ނިންމާފައި މިވަނީ އެންމެ ނުވަ ދުވަހުގެ ތެރޭގައިކަމަށެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި 48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް، 200 ޓަނުގެ ކުނި ނަގައި، ފިއުލް ލައިން އަޅައި، ކޭބަލްތައް ގްރިޑާ ގުޅާލުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް ހަތް ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް އިތުރު ފަސް ޖަނަރޭޓަރު ސެޓް ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަން ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އެ ކުންފުނިން ބުނީ މި އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށެވެ.

ސްޓެލްކޯއިން ވަނީ މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

މި ލިއުމާއި ގުޅޭ