Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މޫސުން ރަނގަޅުވުމާއެކު ކަރަންޓު ބޭނުންކުރާވަރު އިތުރުވެއްޖެ - ސްޓެލްކޯ

މޫސުން ރަނގަޅުވުމާއެކު ކަރަންޓު ބޭނުންކުރާވަރު އިތުރުވެފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް މިވަނީ މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައިވާ ކަމަށެވެ. ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެހެންކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފައިވެއެވެ. ރަމަޟާން މަހަކީ ހާއްސަކޮށް ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްކޮޅެއްކަމުން ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ބާވަތްތައް ބޭނުންކުރުމުގައި ވީހާވެސް ކަރަންޓުގެ ހަރަދު ކުޑަވާނެހެން ބޭނުންކުރުމަށް އިލްތިމާސް ވެސް ކޮށްފައެވެ.

ކުރީ ރަމަޟާން މަހެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުގައި ވެސް، ކަރަންޓު ބިލްތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ރައީސް ވަނީ ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ