Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީ އިން މަޖިލިސް ދޮށަށް އެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ، ފުރަތަމަ ދައުރު ފެށުމަށް ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާއާ ދިމާކޮށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވަން ނިންމައިފި އެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ. ނަމަވެސް އެއްވާ ގަޑިއެއް އެ ޕޯސްޓުގައި ބުނެފައިނުވެއެވެ.

މީގެ ކުރިން ވެސް އެމްޑީޕީން މަޖިލިސް ދޮށަށް އެއްވެފައިވާއިރު އޭރު މަޖިލިސް ދޮށަށް އެއްވެފައި ވަނީ ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވާކަމަށް ބުނެއެވެ. މާދަމާ މަޖިލިސް ދޮށަށް އެއްވަން އެމްޑީޕީން ނިންމާފައިވާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އެ ޕާޓީން ވަނީ މާލޭގައި "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި އެއްވުމެއް ބާއްވާފައެވެ. މި އެއްވުމަށް ފުލުހުން ވަނީ އެއްބާރުލުން ދީ، ހިޔާލުފާޅުކުރުމުގެ ފުރުސަތު ދީފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މި ބަޔާން އިއްވަން ޖެހޭނީ ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. އެ ޖަލްސާގައި އޮންނާނީ ހަމައެކަނި ރިޔާސީ ބަޔާން އިއްވުމެވެ. މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.

މި ލިއުމާއި ގުޅޭ