Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގއ.ވިލިނގިލި

ވިލިނގިލީގައި ގެސްޓްހައުސް އާއި ހޮޓާ ތަރައްގީ ކުރަން ހުޅުވާލައިފި

ގއ.ވިލިނގިލިން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިމުގައި ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް އަދި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެރަށު ކައުންސިލުން ވަނީ ރަށުގައި ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ތަންތަން ތަރައްގީ ކުރުމަށް ނިންމާފައި ވަނީ އެރަށު ދެކުނު ފަރާތުގައެވެ.

ކައުންސިލުން ކުރި އިއުލާންގައި ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށެހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. ބިޑް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 12 ވަނަ ދުވަހެެވެ.

ވިލިނގިލީގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހޮޓަލާއި ގެސްޓްހައުސް އަޅަން ކައުންސިލުން ހުޅުވާލިއިރު މިހާރު ވެސް އެރަށުގައި ކޮންމެވެސް ވަރަކަށް އަމިއްލަ ފަރާތްތަކުން ގެސްޓްހައުސް ހިންގައެވެ.

ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ލިއުމާއި ގުޅޭ