Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގއ.ވިލިނގިލި

ވިލިނގިލިން އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

ގއ. ވިލިނގިލިން ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ޕްރިންޓް ކުރެވޭގޮތަށް ސަރުކާރުން ހަދައިދީފިއެވެ.

މިއީ އަތޮޅުތެރޭގެ ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ. މި ޚިދުމަތާއެކު ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކުރުމާއި ހަވާލުކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މި ޚިދުމަތް ވިލިނގިލީގައި ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގަތްފައިވެއެވެ.
އައިޑީކާޑު ޕްރިންޓް ކުރުމުގެ މަސައްކަތް މީގެ ކުރިން ހަމައެކަނި ކުރަމުން އައީ ވެލާނާގެ ބިލްޑިންގްގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުގައި އެކަންޏެވެ.
ކޮވިޑަށްފަހު 2022 ވަނަ އަހަރު ޑީއެންއާރުގެ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އައިޑީކާޑަށް އެދެވޭނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ކުރިއަރު މެދުވެރިކޮށް އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވައެވެ.
މި ލިއުމާއި ގުޅޭ