ހުަޅުމާލެ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކަން އެޗްޑީސީން މިއަދު ހުޅުވާލައިފިއެވެ.
މި ބިންތައް ވިއްކަން އެޗްޑީސީން ހުޅުވާލީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށެވެ.
މިގޮތުން އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ އެވެ. ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެއެވެ.
މި ގޮތުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއެއގެ މަތިންނެވެ.
ފުރަތަމަ އޮންނާނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ގަންނަން ހުށަހަޅާފައިވާ ބިމެއް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ ދެން ޖެހޭނީ ބީލަން ހުށަހަޅާށެވެ.
އެޗްޑީސީން ބުނީ ވިއްކަން ހުށަހަޅާފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީ އަށް ގުޅައިގެން ހޯދޭނެ ކަމަށެވެ.
ހުޅުމާލެ ބީޗް ސައިޑުން ވިއްކަނީ 1،441 އަކަފޫޓާއި 3،380 އަކަފޫޓާ ދެމެދުގެ އަގެއްގަ އެވެ. ބީޗް ސައިޑުން ބިން ވިއްކަނީ އަކަފޫޓެއް 4،000ރ. އާ ދެމެދުގެ އަގެއްގައެވެ. އެ ތަންތަނުގެ އަގު އުޅެނީ 5.8 މިލިއަން ރުފިޔާ އާއި 13.5 މިލިއަން ރުފިޔާ އާ ދެމެދުގައެވެ.
މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ހުޅުމާލެ އިން ބިން ވިއްކަން ހުޅުވާލި އެވެ. އޭރު އެއް ބުރުގައި ވަނީ 17 ބިމެއް އަދި އަނެއް ފަހަރު 13 ބިމެއް ވިއްކަން ހުޅުވާލައިފަ އެވެ.