Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެޗްޑީއެފްސީގެ އެމްޑީގެ މަގާމަށް ޒީނާދު އައްޔަންކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޙުމަދު ޒީނާދު އައްޔަންކޮށްފިއެވެ.
ޒީނާދަކީ އޮސްޓްރޭލިޔާގެ ކާޓިން ޔުނިވަރސިޓީއިން ފިނޭންސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޒީނާދު ވަނީ 2019 ވަނަ އަހަރު އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އެމްޑީގެ މަގާމު ފުރުއްވައިފައެވެ. އެގޮތުން އެ މަގާމުގައި އޭނާ ވަނީ ފަސް އަހަރު ޚިދުމަތް ކުރައްވައިފައެވެ.
ޒީނާދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެފްއެމްއެލްސީ) ގައި ދިގު މުއްދަތެއް ވަންދެން އިސް މަގާމުތައް ވެސް ފުރުއްވައިފައެވެ.
މި ލިއުމާއި ގުޅޭ