Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އެމެރިކާ މީހަކު ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގައިފި

އެމެރިކާއަށް ނިސްބަތްވާ ފިރިހެނަކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންތަކެއްގެ ގައިގައި ތަޅައި މަރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެ ބިދޭސީ މީހާ އެއާޕޯޓު މުވައްޒަފަކާ ދެބަސްވުމަށްފަހު އޭނާގެ ގައިގައި ބާރަށް ގޮށްމުށުން ޖަހާ މަންޒަރެވެ. އެެހެން ކަންތައް ކުރުމުން އިތުރު މުވައްޒަފަކު އެ ބިދޭސީ މީހާ ކޮއްޕާލުމުން އޭނާގެ ގައިގައި ވެސް ޖަހާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
އެމީހާއާއި މުވައްޒަފުންނާ ދެމެދު ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މި ލިއުމާއި ގުޅޭ