މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ބޯޓުގައި ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ރޭ ދަންވަރުގެ ވަގުތެއްގައި ފަރަށް އަރާފައިވަނީ ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން، 16 މީހުންނާއެކު މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެކެވެ.
އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި ބޯޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި، ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްގެ ޑައިވަރުންނާއެކު ބޮޑު ދިޔައިގަ އެ ބޯޓު ފުންކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.