Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ހޫނުގަދަވެ، އަންނަމަހުވެސް ކަރަންޓު ބިލުތައް ބޮޑުވާނެ ކަމަށް ލަފާކޮށްފި

ހޫނު ގަދަވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މިއަންނަ މަހުވެސް ކަރަންޓު ބިލުތައް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލުތައް ބޮޑުވާ ކަމަށާއި، މިއަހަރުވެސް އެގޮތަށް ދިމާވެފައިވާ ކަމަށެވެ.
އެގޮތުން ނިމިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ ފެންމަތިވެފައިވާއިރު، ދެން އަންނަ ބިލުތައް ވެސް ބޮޑުވާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުންވެސް އަދި މިމަހު އެކަންޏެއް ނޫން. މިއަންނަ މަހުވެސް ހަމަ އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާގޮތުން ކަރަންޓް ބިލު ބޮޑުވާނެކަމަށް އަޅުގަނޑުމެން މިބަލަނީ،" ފަހުމީ ވިދާޅުވި އެވެ.
"ރާއްޖޭގެ މިފަހުގެ ތާރީހުގައި އެންމެ ބޮޑަށް ހޫނުވި މަސްތައްކަން ނޭގެ މި އަންނަނީ. މިދިޔަ މަހާއި މިމަހާއި އަދި ކުރިޔަށް އޮތް މަހުގެ ގޮތެއއްވެސް އަދި އަޅުގަނޑުމެންކަށް ނޭގޭ. އެހެންވީމާ ހޫނު ގަދަވުމުގެ ސަބަބުބް ކަރަންޓް ބިލު ބޮޑުވެގެން މިއުޅެނީ . އޭއީ އަޅުގަނޑުމެން ގަބޫލުކުރާ ގަބުޅުކުރުމަކީ، އެއީ ހަގީގަތަކީވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން."
އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ ގިނަވެފައި ވަނިކޮށް ރައީސް އޮފީހުން މިދިޔަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސްް ފަހުމީ ވިދާޅުވީ ކަރަންޓު ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.
އަދި ފާއިތުވެ ދިޔަ މަހު ކަރަންޓު ބިލުތައް ބޮޑުވީ ރާއްޖޭގައި އެކަނި ނޫން ކަމަށާއި، ހޫނުގަދަވުމުގެ ސަބަބުން އެހެން ގައުމުތަކުގެ ކަަރަންޓު/ ގޭސް ބިލުތައް ވެސް ބޮޑުވެފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ރޯދަ މަހުގައި ކަރަންޓު ބިލު ބޮޑުވުން ހުއްޓުމަށް ސަރުކާރުން ވަނީ މިދިޔަ މާޗު މަހުގެ ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދީފަ އެވެ.
މި ލިއުމާއި ގުޅޭ