Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

އެންޓި ކެމްޕެއިން ކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅާނަން: އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނަ ގޮތަށް ކެމްޕެއިން ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިންގެ އަމަލުތައް ފެންނަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން، ތާއީދު ހޯދުމަށް ބޭޏުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ވާގޮތުން، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާވީ ހައްގަކަށް އުނިކަން އަންނާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ އެވެ. އަދި އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެ އެވެ.
އެހެންކަމުން، ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނާނެފަދަ އެއްވެސްކަމެއް ނުކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އަދި މިފަދަ [އެންޓި ކެމްޕެއިންގެ] އަމަލުތައް ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެންޓި ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އީސީން ބުނިއިރު، އިދިކޮޅު އެމްޑީޕީން މަޖިލިސް އިންތިހާބާ ދިމާކޮށް އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ