Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

އީސީގެ ރައީސަށް ޒާހިދު، ނައިބުރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު ރސ 1548، މުޙައްމަދު ޒާހިދު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ކ.ހުރާ، ރޯޒް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ޞަލާޙް ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ.

އެ ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ޖަލްސާގައި އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާފައިވާއިރު, ކޮމިޝަނުގެ ރައީސް ކަމަށް ޒާހިދު އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 68 މެންބަރުންނެވެ. އަދި ނައިބު ކަމަށް ޞަލާޙް އައްޔަން ކުރަން ރުހުން ދީފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.

ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޞަލާޙް އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.

މި ދެބޭފުޅުންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުވަހުއެވެ.
މި ލިއުމާއި ގުޅޭ