Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ގާސިމާއި ނާޒިމް އަދި ސިޔާމް އާއި ރައީސް މިއަދު ބައްދަލުކުރައްވަނީ

ރާއްޖޭގެ ސިޔާސީ ތިން ޕާޓީއެއްގެ ލީޑަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިއަދު ބައްދަލުކުރައްވަން ނިންމަވާފައިވަނީ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އާއި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުހައްމަދު ނާޒިމްއާ އެވެ.
އެ ބައްދަލުވުންތައް އޮންނާނީ ރައީސް އޮފީހުގަ އެވެ.
އެގޮތުން ލީޑަރު ގާސިމާއި ރައީސް ޑރ. މުއިއްޒު މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގެ ތަފްސީލު ރައީސް އޮފީހުން ހާމަނުކުރި ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.
"ދިޔަރެސް" އަށް އެނގިފައިވާ ގޮތުގައި ރައީސް ދެން ބައްދަލުކުރައްވާނީ އެމްއެންޕީގެ ރައީސް ނާޒިމްއާ އެވެ. އެއަށްފަހު ސިޔާމް އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ މަހު ވެސް ޖޭޕީގެ އިސް ލީޑަރުން ވަނީ ރައީސް ޑރ. މުއިއްޒު ލީޑުކުރައްވާ ޕީއެންސީއާއެކު އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އަވަސްކުރުމަށް ވެސް އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
ސިޔާސީ ލީޑަރުންނާ ރައީސް ބައްދަލުކުރައްވަން ނިންމަވާފައި މިވަނީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ވެސް ކުޑަތަންވެފައި ވަނިކޮށެވެ. އަންނަ އަހަރުގެ ރަމަޟާން މަހުގެ ފަހުން ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހުރިހާ ގޮނޑިއަކަށް ވާދަކުރާއިރު، މިހާރު އިދިކޮޅު އެމްޑީޕީގެ އަތުގައި އޮތް މަޖިލީހުގެ މެޖޯރިޓީ ނެގުމަށް ޕީއެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ