Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

ދެ ފަހަރުވެސް އެމްޑީޕީގެ ވެރިކަން ހަލާކުކޮށްލީ މާރިޔާކަމަށް އަލީ ވަހީދު ތުހުމަތުކޮށްފި

ޢެމްޑީޕީގެ ދެ ސަރުކާރުވެސް ހަލާކުވެގެންދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަބަބުންކަމަށް މިސަރުކާރުގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ރ އަތޮޅު ދުވާފަރުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް މަލާމާތްކޮށް އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ބޭތިއްބުމުން ލޭ ކެކެން ޖެހޭކަމަށެވެ. ރާއްޖޭގައި މިހާތަނަށް އުފެދިގެން އައި ދެ އެމްޑީޕީގެ ސަރުކާރަށް ބަލާއިރު، ހަލާކުވެގެންދިޔައީ ހެދުނު ގޯސްތަކެއްގެ ސަބަބުންކަން ފެނިގެންދާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ހަލާކުވެގެންދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ، ހިތާ ހިތުގެ ގުޅުމަކަށް މުޅި ސަރުކާރު ހަރާބުކޮށް އެގޮތް މިގޮތްވެގެންދާން ދޫކޮށްލުމުންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުވެސް ހަލާކުވެގެން ދަނީ މާރިޔާގެ ސަބަބުންކަމަށެވެ. އެގޮތުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ބިރިޔާނީ ތެއްޔަކަށް މުޅި ގައުމު ވިއްކާލާފައިވާކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އަޅުވެތިވާންށާއި ދެވަނަ ދަރަޖައިގެ ބަޔަކަށްވުމަށް ބޭނުން ނުވާކަމަށެވެ. އަދި ރާއްޖޭގެ ސަލާމާތީ މުއައްސަސާތަކަށް ޑިޕްލޮމެޓިކް ރަޖިސްޓްރީތައް ހަރުކޮށްފައިވާ ދުއްވާ އުޅަނދުތައް ވަދެގެންދިއުމަށް ފުލުހުންނާއި އެމްއެންޑީއެފް އަދި ރާއްޖޭގެ އާންމު ރައްޔިތުންވެސް ނޭދޭކަމަށެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް އައިސްފައިވާ ބަދަލުތަކަށް ބެލުމުން ވޭތުވެ ދިޔަ 15 އަހަރު ދުވަހު ރާއްޖެ ދަތުރުކުރަމުންގޮސްފައިވަނީ ފަހަތަށްކަން ފެނިގެންދާކަމަށެވެ. ވޭތުވެ ގޮސްފައިވާ 15 އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް އެދެމުންދާ ތަރައްގީ ލިބިގޮސްފައިނުވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ