Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެލްޖިއަމް

ބެލްޖިއަމްގެ ޑަބްލިޔުބީއައި ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފި

ބެލްޖިއަމް ސަރުކާރުގެ ވެލޯނިއާ-ބްރަސަލްސް އިންޓަނޭޝަނަލް (ޑަބްލިޔުބީއައި) އިން 2025/2026 ވަނަ އަހަރަށް މާސްޓަރސް އަދި ޕީއެޗްޑީ ޕްރޮގްރާމްތަކަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް ޕްރޮގްރާމްގެ ހުރިހާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ދެއެވެ.

އަދި ޕީއެޗްޑީ ޕްރޮގްރާމްގެ ދަށުން ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް، މެކޭނިކަލް އިންޖިނިއަރިންގް، ލައިފް ސައިންސަސް، އެގްރޯ އިންޑަސްޓްރީ، އެއިރޯނޮޓިކްސް ސްޕޭސް އަދި އެންވަޔަރަންމަންޓް ޓެކްނޮލޮޖީސްގެ ދާއިރާތަކަށް ކުރިމަތިލެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މި ފުރުސަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.

މިނިސްޓްރީން ވަނީ މި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްސަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ކޯހަށް ހޮވޭ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން އެ ކޯހެއް ހިންގާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ މަރުކަޒެއްތޯ ކަށަވަރުކުރުމަށް އިރުޝާދު ދީފައިވާއިރު ޕްރޮފެޝަނަލް އަދި ލައިސެންސިންގ ދާއިރާތަކުގެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކަމާގުޅޭ ރެގިއުލޭޓަރީ އިދާރާތަކުން އެ ކޯހެއް ޤަބޫލުކުރާކަން ކަށަވަރުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
މި ލިއުމާއި ގުޅޭ