ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ގޮތުގައި، ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާއެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އަދި މިހާރު ސުޕަނެޓް ބޭނުންކުރަމުންދާ ފަރާތްތަކަށްވެސް މި ސްމާޓާ ހޯމް ބަންޑްލް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުރީދޫއިން މަޢުލޫމާތުދޭގޮތުގައި މި މަސައްކަތުގެ މައިބަދަ ކަމަށްވާ އުރީދޫ ސުޕަނެޓުން އިތުބާރު ހިފޭ ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދީ، މި ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭނެއެވެ. އަދި ލައިވް ކެމެރާ ފުޓޭޖް ސްޓްރީމް ކުރިޔަސް ނުވަތަ ޑޯބެލް އެލާޓްލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ލިބިގެންދިއުމުގެ އިތުރުން އުރީދޫ ސުޕަނެޓަކީ ފުލީ އިންޓަގްރޭޓެޑް ސްމާޓް ހޯމް އެކްސްޕީރިއަންސަކަށް އެންމެ ރަނގަޅު ހައްލަކަށް ވެގެންދާނެ އެވެ.