Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

އެމްޓީސީސީން މަނަދޫގައި ހަތަރު މަޝްރޫއެއްގެ މަސައްކަތް ފަށަނީ

އެމްޓީސީސީން ނ. މަނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހަތަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ޕްރޮޖެކްޓް ސައިޓްތައް ތައްޔާރުކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ

- ސްޓޭޝަނެއް ހެދުމާއި،

- ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމާއި،

- އައުޓްޑޯ ޖިމެއް ޤާއިމުކުރުމާއި،

- ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މި މަޝްރޫއުތަކުގެ ސަބަބުން މަނަދޫގެ ރައްޔިތުންނަށް މުނިފޫހިފިލުވުމާއި ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ.

މި ލިއުމާއި ގުޅޭ