Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން އާއްމުކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާއްމުކޮށްފިއެވެ.
މީރާއިން ވަނީ ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފައެވެ.
މިއީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކެވެ. މީރާއިން ނަން އާންމުކޮށްފައިވާ ފަރާތްތަކަކީ ދައްކަން ޖެހޭ ޓެކުހުގެ އަދަދު 600،000 އަށް ވުރެ މަތި ފަރާތްތަކެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކުރި ނަމަވެސް މި ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ ސީދާ އަދަދެއް މީރާއިން ހާމަކޮށްފައެއް ނުވެއެވެ.

ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓެކްސް ބަޔާން ހުށަނާޅައި އަދި ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ގޮތުން އާއްމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ގިނަ އަދަދަކަށް މުދާ ވިއްކާ ބޮޑެތި ވިޔަފާރިތަކާއި، ނަން މަޝްހޫރު އުޅަނދު ވިއްކާ ވިޔަފާރިތައް ފަދަ ތަންތަންވެސް ހިމެނިފައިވެއެވެ.

މީރާއިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށް ފަހުއެވެ. އަދި އުސޫލުގެ ތެރެއިން ތަފާތު އެކި ލުއިތައް އެފަރާތްތަކަށް ފަހިކޮށްދެއެއެވެ.
އެގޮތުން އެއްފަހަރާ ޓެކްސް ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް މީރާއިން ދެއެވެ.
މި ލިއުމާއި ގުޅޭ