Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކުރަން އީ-އިންވޮއިސް ނިޒާމެއް ތައާރަފްކުރަނީ

ޓެކްސް ނިޒާމުގެ ތެރެއިން ޓެކްސް ދާއްކާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެގޮތުން އީ-އިންވޮއިސް ނިޒާމެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވީ މީރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަކީ މިހާރު އެ އިދާރާއިން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ.

އެގޮތުން އޮޓޮމޭޓްކޮށް ޑިޖިޓަލައިޒްކުރުމަކީ ނިޒާމު އެންމެ ރަނގަޅަށް ފަސޭހަކަމާއި އެކު ހިންގޭނެ ގޮތް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަނެފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިރާއިންވެސް މަސައްކަތް ކުރަނީ އެފަދަ ނިޒާމެއް ގެނައުމަށް ކަމަށެވެ.

އެގޮތުން އޮޓޮމޭޓްކޮށް ޑިޖިޓަލައިޒްކުރުމަކީ ނިޒާމު އެންމެ ރަނގަޅަށް ފަސޭހަކަމާއި އެކު ހިންގޭނެ ގޮތް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަނެފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިރާއިންވެސް މަސައްކަތް ކުރަނީ އެފަދަ ނިޒާމެއް ގެނައުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ފަށާފައި މިވަނީ ޑިޖިޓަލް ރޯޑް މެޕެއްގެ ތެރެއިން އީ އިންވޮއިސް ސިސްޓަމެއް ތަޢާރަފްކޮށް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް. މި ސިސްޓަމް ތަޢާރަފް ކުރެވުނީމަ ޓެކްސް ދައްކާ ފަރާތްތަކަށް މިހާރު ދިމާވާ ބައެއް ކަހަލަ މައްސަލަތައް ހައްލުކުރެވިގެންދާނެ. ދެން އަޅުގަނޑުމެންގެ މަސައްކަތުގެ ހަލުވިކަން ފެނިގެންދާނެ. ދެ ފަރާތައްވެސް ވަރަށް ފަސޭހަ ގޮތަކަށް މަސައްކަތް ހަމަޖައްސާލެވޭނެ" އޭނާ ވިދާޅުވިއެވެ.

އަޒީމާ މިހެން ވިދާޅުވެފައިވާއިރު މީރާގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ތެރެއިން، މީރާގެ އޮންލައިން ޚިދުމަތްތަކަށް ބަދަލުތައް ދަނީ ގެންނަމުންނެވެ.
އޭގެ ތެރެއިން އެންމެ ފަހުން ގެނެވުނު އެއް ބަދަލަކީ ގިނަ ޕޭމެންޓުތަކެއް ހަދަންޖެހޭ ފަރާތްތަކަށް އެއްފަހަރާ ޕޭމެންޓުތައް ހެދޭނެ ގޮތަށް ގެނައި ބަދަލުކަމަށްވާއިރު މީގެ ކުރިން އެފަރާތްތަކުން ފައިސާ ދައްކަން ޖެހޭނީ ކޮންމެ ބަޔަކަށް ވަކިންނެވެ.

މީގެ އިތުރުން ޖީއެސްޓީއަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ދާދި ފަހުން މީރާއިން ވަނީ ބަދަލު ގެނެސްފައެވެ.

މި ލިއުމާއި ގުޅޭ