Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަކުނުދޫ

މަކުނުދޫގައި ހަތް މަހުގެ ތުއްތު ކުއްޖަކު ފިހިގެން ފަރުވާ ދެނީ

މަކުނުދޫގައި 7 މަހުގެ ތުއްތު ކުއްޖަކު ފިހިގެން ފަރުވާ ދޭން ފަށައިފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ފިހުނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު، ސައިކުރައެއްގައި ހުރި ހޫނު ފެން އެ ކުއްޖާގެ ގަޔަށް އެޅިގެންނެވެ.

އެ ސައިކުރާ ވެއްޓުނީ ކުއްޖާގެ މަންމަ ބަދިގޭގައި މަސައްކަތެއް ކުރަން ހުރި ވަގުތު، ކޮށީގައި ބައިންދާފައި އިން ކުއްޖާ ސައިކުރާ ބަހައްޓާފައި އިން ތުވާއްޔަށް ދަމާލުމުންނެވެ.

އެންމެ ފުރަތަމަ މަކުނުދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުން، ފިހިފައި ހުރި ތަންތަނުގައި މަލަން އެޅުމުން ފަހުން ވަނީ ބޮޑުވަރު ވެފައެވެ. އެހެންކަމުން ކުއްޖާގެ މައިންބަފައިން ވަނީ އަމިއްލަ ޚަރަދުގައި ކުއްޖާ ގޮވައިގެން މާލެ އައިސްފައެވެ.

އައިޖީއެމް ހޮސްޕިޓަލުން ވަނީ ފިހިގެން 7 މަހުގެ ފިރިހެން ކުއްޖަކަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ އެ ކުއްޖާގެ ހަށިގަނޑުގެ 6 އިންސައްތަ ވަނީ ފިހިފައެވެ.

މި ލިއުމާއި ގުޅޭ