Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަކުނުދޫ

މަކުނުދޫ އެއާޕޯޓުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: މުއްތަލިބު

ހދ. މަކުނޫދަގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އިންފްރާސްޓަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބު މިފަދައިން ވިދާޅުވީ މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެއާޕޯޓުގެ މަޝްރޫޢާއި ބެހޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އިހުސާސްކުރެވޭ ކަމަށާއި އެއާޕޯޓު މަޝްރޫޢަކީ މަނުކުދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް މަޝްރޫޢުކަން އެނގިގެން ގޮސްފިކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢަކީ މަކުނުދޫ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތެއް ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި އާޕޯޓަށް ބޭނުންވާ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް ނިމުމާއެކު އެމްޓީސީސީއާއި ހަވާލުކޮށްގެން ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ނަމަވެސް އެއާޕޯޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިމި ޚިދުމަތް ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތައް ވެގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެސަރަހައްދުގެ ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަމަށާއި ވިޔަފާރިވެރިންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ