އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސްޓޭޓް ޑިޕާޓްމަންޓުގެ ޚަރަދުތައް 50 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ހިމެނޭ ގޮތަށް 30 މިޝަނެއް ބަންދުކުރުމަށް ވިސްނަމުންދާ ކަމަށް ހާމަވެއްޖެއެވެ.
ރޮއިސްޓާއިން ހާމަކުރިގޮތުގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އިތުރުން ބަންދުކުރުމަށް ހުށަހަޅާފައިވާ އެހެން އެމްބަސީތަކުގެ ތެރޭގައި އެރިޓްރިއާ، ގްރެނާޑާ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލަގްޒެމްބާގް، ރިޕަބްލިކް އޮފް ދަ ކޮންގޯ، ގެމްބިއާ، ސައުތު ސޫދާން އަދި މޯލްޓާ ހިމެނެއެވެ.
އެމްބަސީތައް ބަންދުކުރުމުގެ އިތުރުން ޔޫއެސްއެއިޑް ބަންދުކޮށް، ބޭރުގެ އެހީގެ ޕްރޮގްރާމްތައް 38.3 ބިލިއަން ޑޮލަރުން 16.9 ބިލިއަން ޑޮލަރަށް ކުޑަކުރުމަށް ވެސް އޯއެމްބީން ވަނީ ހުށަހަޅާފައެވެ. ނަމަވެސް މި ނިންމުންތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތް ކަމަށާއި، ކޮންގްރެސްގެ ރުހުން ހޯދުމުގެ ކުރިން ފައިނަލް ވާޝަނަށް ބަދަލު އަތުވެދާނެ ކަމަށް ރޮއިޓާސް އިން ވަނީ ފާހަގަކޮށްފައެވެ.