Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ޓްރަމްޕްގެ ޒަޢާމަތުގައި ރާއްޖެއާއި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރަން: ރައީސް

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރެއްވުމާ ގުޅިގެން ޓްރަމްޕަށް މަރުހަބާ ވިދާޅުވެފަ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ބައިނަލްއަގްވާމީ މި ގޮންޖެހުންބޮޑު ދަނޑިވަޅުގައި ރައީސް ޓްރަމްޕްގެ ލީޑަޝިޕަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޕޯސްޓުގައި ވިދާޅުވީ ބައިނަލްއަޤްވާމީ ޞުލްޙައަށް ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ލަނޑުދަނޑިތައް އިތުރަށް ހަރުދަނާކުރެއްވުމަށާއި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން މި ދައުރުގައި އިތުރަށް ބަދަހިކުރެއްވުމަށް އާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި އެމެރިކާގެ އާ ސަރުކާރުގެ ދަށުން ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށާއި ބައިނަލްއަގްވާމީ ކަންކަމުގައި ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައިސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިއީ 2 ވަނަ ފަހަރެވެ.

މި ލިއުމާއި ގުޅޭ