Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިއުލް ސަޕްލައި މޯލްޑިވްސް

ސްޓެލްކޯ ކައިރި ހުންނަ އެފްއެސްއެމް ޝެޑުގެ ޚިދުމަތްތަކަށް ވަގުތީ ބަދަލެއް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑުގެ ޚިދުމަތްތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފިއެވެ.

އެސްއެފްއެމް އިން ކުރި ޕޯސްޓެއްގައި ބުނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ އީޒީފިލް 1 އިން ހެނދުނު 10:00 އިން ފެށިގެން މެންދަމު 01:00 އާއި ހަމައަށް ޚިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ.

އެ ކުންފުނިން ބުނީ މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ އެ ޝެޑުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ނަމަވެސް މެންދަމު 01:00 އިން ފެށިގެން ހެނދުނު 10:00 އާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ސައިކަލްތަކަށްވެސް ޚިދުމަތް ދެމުންދާނެ ކަމަށް އިއުލާނުގައި ވެއެވެ.

އެ ޝެޑުގެ ޚިދުމަތްތަކަށް މިފަދައިން ބަދަލު ގެނައި ނަމަވެސް މާލޭގައި ހުންނަ އެފްއެސްއެމްގެ އެހެން ޝެޑުތަކުން ދަންވަރު 01:00 އާ ހަމައަށް ސައިކަލްތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

މީގެއިތުރުން، އައިޖީއެމްއެޗް ކައިރީގައި އާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ ޝެޑުތަކުން ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިއުމާއި ގުޅޭ