ރޭ އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެމަފިރިއަކު ފިހުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މި ހާދިސާގައި އެގޭގައި ދިރިއުޅޭ ދެ މީހަކު ޒަޚަމްވެގެން ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެންގޮސްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއިނ ތަހުގީގުކުރަމުންދާކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ބުނި ނަމަވެސް މައްސަލައިގެ ތަފްސީލު ފުލުހުން ނުދެއެވެ.
މަންޒަރުދުއް މީހަކު "ދިޔަރެސް"އަށް ކިޔައިދިން ގޮތުގާ މި ހާދިސާގައި ބޮޑަށް ފިހިފައި ވަނީ އަންހެން މީހާ އެވެ. އޭނާގެ ހަށިގަނޑުގެ 90 އިންސައްތަ ވަރު ފިހިފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ.