Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދައި ޗެއާއަކަށް ޖިހާދު

'މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ' އުފައްދައި އެތަނުގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރުތައް ގާއިމުކުރުމަށް، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއެއް އުފައްދަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެގޮތުން، އެ އޮތޯރިޓީ އުފައްދައި ޗެއާއަކަށް ޖިހާދު އައްޔަންކުރެއްވިކަން ހާމަކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިދާރާއާއެކު ރާއްޖޭގެ މާލީ ދާއިރާ ބަދަލުކޮށްލެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއެއް އުފައްދަން ނިންމަވާފައިވާކަން އިއުލާންކުރައްވަމުން މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، އެތަން ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅަށެވެ.
އަދި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމަށް އެކަމަށް ހާއްސަ ގާނޫނެއް ފާސްކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ