Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

މޯލްޑިވިއަނުން ކޮލަމްބޯއަށް ސީދާ ދަތުރުތައް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަނުން އަވައްޓެރި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ސީދާ ދަތުރުތައް ފަށައިފި އެވެ. އެ ދަތުރުތައް ފެށީ ރޭގަ އެވެ.
މޯލްޑިވިއަނުން ކޮލަމްބޯއަށް ސީދާ ދަތުރުތައް ބާއްވަން ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 މަތިންދާ ބޯޓެވެ.
ކޮލަމްބޯއާ މާލެއާ ދެމެދުގެ ޓިކެޓުގެ އެންމެ ދަށް އަގަކީ ދެކޮޅަށް 165 ރުފިޔާ އެވެ. އެ ރޭޓުގެ ފްލައިޓުތަކުން 30 ކިލޯގެ ބެގޭޖް އެލޯވެންސް އަދި މީލް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
އޭގެ އިތުރުން، މޯލްޑިވިއަންގައި ލަންކާއަށް ދަތުރުކުރާ ފަސިންޖަރުންނަށް ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. އޭގެ ތެރޭގައި، ހިލޭ މެޑިކަލް ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަން އަދި ޑެންޓަލް ޗެކަޕް އާއި ބޮޑީމާސް އިންޑެކްސް އަދި ލޮލުގެ ފެނުން ހިލޭ ޓެސްޓުކުރުން ހިމެނެ އެވެ.
އަދި ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ތެރޭގައި ފަސިންޖަރުންނަށް އޯޕީޑީ ލެބޯޓްރީ ޓެސްޓްތަކުން 15 ޕަސަންޓް ޑިސްކައުންޓް އަދި އެކްސް-ރޭ އިން ފަސް ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެ އެވެ.
މި ލިއުމާއި ގުޅޭ