Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް މެލޭޝިއާއަށް

ގައުމީ އެއާލައިން މޯލްޑިވިއަންއިން މާލެ-މެލޭޝިއާ ހާއްސަ ފްލައިޓްތަކެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 27 ވަނަ ދުވަހު މާލެއިން މެލޭޝިއާގެ ކުއަލަ ލަމްޕޫރް އަދި ހަމަ އެ ދުވަހު ކުއަލަ ލަމްޕޫރް އާއި މާލެ އާ ދެމެދު ދަތުރުތައް ބާއްވާނެ ކަމަށެވެ.
އަދި މޯލްޑިވިއަންގެ އެއާބަސްގެ މި ދަތުރުތައް ބުކް ކުރުމަށް މިހާރުން ފެށިގެން ވަނީ ހުޅުވާލައިފައެވެ.
މޯލްޑިވިއަންއިން ހާމަކުރިގޮތުގައި މާލެއިން ކުއަލަ ލަމްޕޫރަށް މި މަހުގެ 27 ވަނަ ދުވަހު ކުރާ ދަތުރުގެ އިކޮނޮމިކް ކުލާހުގެ އަގަކީ 149 ޑޮލަރެވެ. އަދި އިކޮނޮމީ ފްލެކްސްގެ ދަތުރުގެ އަގަކީ 174 ޑޮލަރެވެ.
އަދި ކުއަލަ ލަމްޕޫރުން މާލެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ އިކޮނޮމިކް ކުލާހުގެ އަގަކީ 99 ޑޮލަރެވެ. އިކޮނޮމީ ފްލެކްސްގެ ދަތުރުގެ އަގަކީ 124 ޑޮލަރެވެ.
މާލެއިން ކުއަލަ ލަމްޕޫރަށް މި މަހުގެ 29 ވަނަ ދުވަހުވެސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ އިކޮނޮމިކް ކުލާހުގެ އަގަކީ 149 ޑޮލަރެވެ. އަދި އިކޮނޮމީ ފްލެކްސް ދަތުރުގެ އަގަކީ 174 ޑޮލަރެވެ.
މީގެއިތުރުން ޖެހިގެން އަންނަ 30 ވަނަ ދުވަހު ކުއަލަ ލަމްޕޫރުން މާލެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ދަތުރުގެ އިކޮނޮމީ ކުލާހުގެ އަގަކީ 119 ޑޮލަރެވެ. އިކޮނޮމިކް ފްލެކްސް ކްލާހުގެ ދަތުރުގެ އަގަކީ 144 ޑޮލަރެވެ.
މޯލްޑިވިއަންއިން ބުނިގޮތުގައި މިއިން ކޮންމެ ދަތުރަކަށް 30 ކިލޯގެ ބެގެޖް އެލަވެންސްއެއް ލިބިގެން ދާނެއެވެ.
މި ލިއުމާއި ގުޅޭ