ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޝެޑިއުލް ދަތުރުތައް ބ. އަތޮޅަށް ކުރަން ނިންމައިފިއެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއަކު ކަމަށެވެ. އެގޮތުން، ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ސީޕްލޭން ދަތުރުތައް ކުރަން ވަނީ ނިންމާފައެވެ.
އެ ކުންފުނިން ބ. އަތޮޅަށް ސީޕްލޭން ދަތުރުތައް ފަށާފައިވަނީ ފިތުރު އީދާ ދިމާކޮށެވެ. މި ދަތުރުތައް އިއްޔެ ފަށާފައިވާއިރު މިހާތަނަށް ކޮށްފައިވަނީ ދެ ދަތުރެވެ. އެ ދެ ފްލައިޓުވެސް ފުލްބޯޑުގައި ގޮސްފައިވާއިރު އަންނަ ބުރާސްފަތި ދުވަހު އިތުރު ދަތުރެއް ކުރަން ވެސް މިހާރު ވަނީ ނިންމާފައެވެ.
އެ ދަތުރު ވެގެންދާނީ ޝެޑިއުލްގެ ތެރެއިން ކުރާ ދަތުރަކަށެވެ. ބ. އަތޮޅުގައި ފަށާ ސީޕްލޭގެ ޝެޑިއުލް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ފުޅަދޫ، ގޮއިދޫ އަދި ފެހެންދުއަށެވެ.
ސީޕްލޭން ދަތުރުތައް ކުރުމަށް 11 ބޯޓު ގެންގުޅޭއިރު، ޓިކެޓެއްގެ އަގަކީ ކޮޅަކަށް 1،099 ރުފިޔާއެވެ.
ފިތުރު އީދާ ދިމާކޮށް ޑިމާންޑް ބޮޑުވެ، މޯލްޑިވިއަނުން ވަނީ ދެ ފަހަރެއްގެ މަތީން ޑޮމެސްޓިކް ދަތުރުތައް ވެސް އިތުރުކޮށްފައެވެ.