Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަކުނުދޫ

މަކުނުދޫގައި މަރުވި މީހުންގެ ހަށިތައް އިންޑިއާއަށް ފޮނުވައިފި

ހދ.މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު އެމީހުންގެ އާއިލާއާ ހަވާލުކުރުމަށް އިންޑިއާއަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފާއިތުވި ހޮނިހިރުދުވަހުގެ ހާދިސާގައި މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މުހައްމަދު ރާޖާ އަންސާރީއާއި އުމުރުން 25 އަހަރުގެ ސުދީރާ ސެތީއެވެ. މިހާދިސާގައި އެމީހުން ހަށިތައްވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އެމީހުންގެ ހަށިގަނޑުތައް މާލެއަށް ގެނެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އާއިލާއާ ހަށިގަނޑުތައް ހަވާލުކުރުމަށް އިންޑިއާއަށް ފޮނުވައިލާފައިވަނީ އިއްޔެކަމަށް ފުލުހުންގެ ޚިދުމަތުން މީޑިއާއަށް މައުލޫމާތު ދިނެވެ.

މި ހާދިސާ ހިނގިީ މަކުނުދޫގައި ނަރުދަމާގެ މަސައްކަތްކުރާ ސަރަހައްދުގައި ގޭސް އަޅާ ސިލިންޑަރެއް ގޮވައިގެންނެވެ. އެ ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތްކުރާ ބިގް ފިޝް ކުންފުނީގެ ދެ މީހުންނެވެ.

ގޭސް ސިލިންޑަރު ގޮވުމަށް މެދުވެރި ސަބަބު ދެނެގަތުމަށް ފުލުހުންނާއި ޤައުމީ ދިފާއީ ބާރުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

މި ލިއުމާއި ގުޅޭ