މަދީނާގެ ޙަރަމްފުޅު އަލްމަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު، ރާއްޖެ ވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ޒުވާން ޚަޠީބުންނާއި ޢިލްމުވެރިންނާއި ބައްދަލުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަޒީރު މިކަން ހާމަކޮށްފައިވާއިރު، މީގެ އިތުރުން ޕްރީ ސްކޫލުތަކުގެ ދަރިވަރުންނާ ސަލާމްކުރުމުގެ ދަޢުވަތު ވެސް އިމާމަށް އަރުއްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި ހަމައެއާއެކު، ޤުރުއާން ހިތުދަސްކުރާ ޒުވާނުންނާ ވެސް ބައްދަލުކުރައްވާނެކަމުގައި ވަޒީރު ވަނީ ހާމަކޮށްފައެވެ.
މަދީނާގެ ޙަރަމްފުޅު އަލްމަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގައެވެ.