Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަހީމް

މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ މުހިންމު ކަމެއް: ޝަހީމް

މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ، "ފިޤުހުވެރިވުމަކީ ޝަރުޢުގެ ޙުކުމްތައް އެ ވަގުތެއްގެ ޙާލަތުގައި ކަން އޮތް ގޮތުގެ މައްޗަށް ފައްތައި ޢަމަލުކުރުމަށް ދަނެގަތުން" ކަމަށެވެ. އަދި މިސްކިތްތަކުގެ އިމާމުންނަށް ފިޤުހުވެރިވުމަށް ކޮންމެހެން މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫން ކަމަށާއި، އަޙްކާމްތައް ތަޠްބީޤު ކުރުމަށް ދެނެގަތުން ފުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ޖަމާޢަތުގައި ނަމާދުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ޖަމާޢަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރުމާއި، ކުޑަކުދިން ރޯ އަޑު އިވިއްޖެނަމަ ނަމާދު އަވަސްކުރުން ހިމެނޭ ކަމަށެވެ. އަދި މިސްކިތް ކައިރީގައި އެހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގެތައް ހުރިނަމަ، ތާޅަފިލި ޖެހުމުގައި އަޑު ކޮންޓްރޯލް ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، "އެއް ބަޔަކު އަނެއް ބަޔަކަށް ޤުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމެއް" ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ނަމާދު ވަގުތު އިޢުލާންކުރުމަށް ތާޅަފިލި ޖެހުމުގައި އެކަށީގެންވާ އަޑެއްގައި ޖަހަންޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ވާހަކަފުޅުތައް ވަޒީރު ދައްކަވާފައިވަނީ ހުޅުމާލޭގެ އަޒީޒާގެ މިސްކިތުގެ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތް އީދު ނަމާދަށް ހާޒިރުނުވި މައްސަލައިގައި އެ ދެފަރާތް 5 އަހަރު ދުވަހަށް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި އިމާމުވެ ނަމާދު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރުމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ލިއުމާއި ގުޅޭ