Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ އިއްތިފާގުން އިސްރާއީލު ޕާސްޕޯޓު މަނާކުރަން ފާސްކޮށްފި

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަންދެން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް އިިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ އިއްތިފާގުންނެވެ.

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން މި ބިލު ތަޅުމަށް ފޮނުވާފައިވަނީ 7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލައިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ބަޔާންކޮށް ބިލު އިސްލާހު ކުރުމަށް ފަހުއެވެ.
ބިލު ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި، މީކާއިލް ހުށަހެޅުއްވި އިސްލާހުގައިވާ ފުރަތަމަ މާއްދާ އުނިކުރުމަށް ފަހުއެވެ. ފުރަތަމަ މާއްދާގައި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ)ގެ (7) ވަނަ ނަމްބަރުގެ ފަހަތަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އަކުރުގައި ބުނެފައިވަނީ އިސްރާއީލް ޕާސްޕޯޓު ގެންގުޅޭ މީހުން (އޭގެތެރޭގައި އިސްރާއީލް ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭ) ކަމަށެވެ.

މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތުދެމުން އިމިގްރޭޝަނުން ބުނެފައިވަނީ އިސްރާއީލް ޕާސްޕޯޓު އޮންނަ މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ވިޔަސް އެކަން ބެލޭނެ ގޮތެއް ނޯންނާނެ ކަމުގައެވެ.

ނަމަވެސް ބިލު ފާސްކޮށްފައިވާ ގޮތުން، ހަމަލާތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެ އަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނަ ކަމުގައި ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ