ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، މެންބަރުންނާއި، މެންބަރުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި އެކަމަށް އެދި ބޮޑު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން، މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 14:00 އަށެވެ. ފައިސާ ބަލައިގަންނާނީ ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
އިއުލާނުގައި ބުނެފައިވަނީ ފައިސާ ދެއްކުމަށް ފަހު، ބީލަމަށް ރަޖިސްތްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ގުޅޭނެ ނަމްބަރާއި މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ [email protected] އަށް މެއިލް ކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަކަތާ ގުޅޭގޮތުން، އާންމުކުރާ ހުރިހާ ލިޔެކިޔުންތައް އަންނަ ބުދަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާނެއެވެ.
ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޭޕްރިލް ވާ ބުދަ ދުވަހުގެ 10:00 އެވެ. ބިޑު ހުޅުވުން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.