Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ނިޝާން މުލީގެ ޢިއްޒަތް ސަޢޫދީ ޑިވެލޮޕްމަންޓް ފަންޑްގެ ސީއީއޯއަށް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ.

މި އިއްޒަތް ސަޢޫދީ ޑިވެލޮޕްމަންޓް ފަންޑްގެ ސީއީއޯއަށް އެރުވީ މިއަދު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ނިޝާން މުލީގެ ޝަރަފްގެ ޢިއްޒަތް ނިސްބަތްވެވަޑައިގަންނަވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯއަށް މި ޢިއްޒަތް އެރުވުމަށް ނިންމެވީ ސައުދީ ފަންޑުން ދިވެހިރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ އާއްމު ހާލަތު ކުރިއެރުވުމަށް ވަރަށް ފުޅާދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް މިނިސްޓަރ ނަސީމަށް އެރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ވަނީ އިއްވަވާފައެވެ. އަދި އިއްޒަތުގެ މެޑެއްޔާއި ލިޔުން ސީއީއޯއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ލިއުމާއި ގުޅޭ