Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހުޅުމާލެ މުދާ ޖެޓީ ތަރައްގީ ކުރުމަށް، އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދޭ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ތަނުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެންގީ ކަމަށް ބުނެފައިވެއެވެ.

އުޅަނދުތައް ނަގަން އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ކުރިންނެވެ. އެ ދުވަހުގެ ކުރިން ނުނަގާނަމަ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަން ޒިންމާ ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ މުދާ ޖެޓީ އަކީ ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޗްޑީސީ އިން ގާއިމް ކޮށްފައިވާ ވަގުތީ ޖެޓީއެކެވެ. މި ޖެޓީ ގާއިމް ކުރީ މިދިޔަ އަހަރުގެތެރޭގައެވެ.

މި ލިއުމާއި ގުޅޭ