އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ އީދު ބަންދުގައި 'އޮޅު ހިޔާ' ފެސިލިޓީއަށް އިތުރު 15 ބުޅާ ވަނީ ގެންގޮސްފައިވާކަމަށެވެ.
އަދި ފެސިލިޓީއަށް މަދުވާ ސާމާނުތަކާއި ބުޅާ ބަހައްޓާނެ ކޮށިތައް ރަނގަޅުކޮށް އިތުރަށް ބުޅާ ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކުރިގޮތުގައި ފަހުން ގެންދިޔަ 15 ބުޅަލާއެކު މިހާރު އެ ފެސިޓީގައި ޖުމުލަ 30 ބުޅާ ގެންދަނީ ބަލަހައްޓަމުންނެވެ.
އޮޅު ހިޔާއަކީ މި ސަރުކާރުގެ "ހަފްތާ 14" ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެއް ފުރިހަމަކުރުމުގެ ގޮތުން ގާއިމުކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ.
މިތަން ހުޅުއްވައި ދެއްވީ މިދިޔަ ނޮވެންބަރުމަހުގެ ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.