Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހުޅުމާލޭގައި ސްޓްރީޓް ކަލްޗާ ފެސްޓިވަލެއް ބާއްވަނީ

ކުޅިވަރާއި، މުނިފޫހިފިލުވުމާއި މަގުމަތީ ވިޔަފާރީގެ ހަރަކާތްތަކާއެކު ހުޅުމާލޭގައި ސްޓްރީޓް ކަލްޗާ ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބައިބަލާ ކުޅޭ ސަރަހައްދުގައި މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަން އަދި ދިވެހީންގެ އިންވެސްޓްމަންޓް ކުންފުނިން އިންތިޒާމުކުރާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގެ ތެރޭގައި ސްޓްރީޓް ކުޅިވަރުތައް، 3 އޮން 3، 1 އޮން 1 މުބާރާތަކާއި، ފްރީސްޓައިލް މުބާރާތެއް ކުރިއަށްދާނެ އެވެ. ސްޓްރީޓް ސޮކާގެ ކުޅިވަރުތަކަކީ ރާއްޖޭގެ މާހައުލާއި ގުޅޭ، ރަށްފުށުގެ ސަގާފަތް ހިމެނޭ ކުޅިވަރުތަކެއްކަން ފާހަގަކޮށް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނީ މި ކުޅިވަރުތަކަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ކުޅެމުންދާ ކުޅިވަރަކަށްނުވާތީ މި ފެސްޓިވަލްގެ އަމާޒަކީ މިކުޅިވަރުތައް ދިރުވައި އާލާކޮށް، ދިވެހި ޒުވާނުން ބައިނަލްއަގުވާމީ ފެންވަރުގައި މި ކުޅިވަރު ކުޅުން ކަމަށް މޯލްޑިވްސް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަން އިން ބުނެފައިވެއެވެ.

މި ފެސްޓިވަލްގައި ލައިވް މިއުޒިކާއި، ސްޓްރީޓް ފުޑް އަދި ސްޓްރީޓް މާކެޓްވެސް ކުރިއަށްދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ