Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަކީ ދިވެހިން މާކުރިންވެސް އަމިއްލައަށް ކުރަންޖެހިފައި އޮތް ކަމެއް: ގާސިމް

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަކީ ދިވެހިން މާކުރިންވެސް އަމިއްލައަށް ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު މެދުކެނޑުމެއްނެތި ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއަށް ގެނައި ޑްރޯންތައް ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ. މި ޑްރޯންތައް އިފްތިތާހުކުރައްވައި ޑްރޯންތައް އޮޕްރޭޓް ކުރުމުގެ އަމުރުގައި ރައީސް ސޮއިކުރައްވާފައިވަނީ މާފަރުގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެކަމާއި ގުޅިގެން ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައި ތައުރީފް ކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

އަދި، އެފަދަ ބޮޑު މަސްއޫލިއްޔަތެއް ރައީސް މުއިއްޒު ނަންގަވައި އަވަހަށް ފެއްޓެވިކަމީ ނުހަނު ތާރީހީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްކަން ކަށަވަރުވެއްޖެ ކަމަށާއި، މި ޚިދުމަތަކީ ރާއްޖެ ދެމިއޮތްހާ ދުވަހު މެދުނުކެނޑި ކުރިއަށްގެންދަންޖެހޭ ޚިދުމަތެއް ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.

" އެކުވެރި ގައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އަމިއްލައަށް ކުރަންޖެހޭ އެ ބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަންކަން"
ގާސިމް ވިދާޅުވިއެވެ.

އެހެން ކަމުން، ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ގައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ގައުމާއި ގެން ކުރިއަށް ދިއުމަށް މަނިކުފާނު ތިޔަ ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަމިއްލަ ނަމުގައާއި ޕާޓީގެ ނަމުގައި ގާސިމް ވަނީ ޝުކުރު ދަންނަވާފައެވެ.

ރައީސަށް ތައުރީފް ކުރައްވައި ގާސިމް ޕޯސްޓުކޮށްފައިވާއިރު، ރާއްޖޭގެ އީއީޒެޑް ދިވެހިން އަމިއްލައަށް ބެލެހެއްޓުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

މި ރިޔާސީ ވައުދުފުޅު ފުއްދެވުމުގެ ގޮތުން ތުރުކީން ބައިރަކްތާރު ޓީބީ2 މަރުކާގެ ޑްރޯނުތައް ގެނެސް ސިފައިން ބޭނުންކުރަން ފަށާފައިވެއެވެ. އަދި އެއާއެކު ޤައުމީ ދިފާއީ ބާރުގައި ވައިގެ ބާރެއް އުފައްދަވައި ސިފައިންގެ އެއާ ކޯ ރައީސްވަނީ އިފުތިތާހުކުރައްވާފައެވެ.

ޤައުމީ ދިފާއީ ބާރުން ބުނެފައިވަނީ އަލަށް އިފުތިތާހުކުރެވުނު ސިފައިންގެ އެއާ ކޯއަށް އަންމޭންޑް ވެހިކަލްސްގެ އިތުރަށް، ޕައިލެޓުން ދުއްވާ މަތިންދާބޯޓުތައް އިތުރުކޮށް ސިފައިންގެ ވައިގެ ބާރުގެ ޤާބިލުކަން މުސްތަޤުބަލުގައި އިތުރުކުރެވިގެންދާނެ ކަމަށެވެ.

ޑްރޯން ގެނައުމާއި އެއާ ކޯ އިފުތިތާހުކުރެއްވުމުގެ އިތުރަށް ރައީސްވަނީ ސިފައިންގެ ކޯސްޓްގާޑުގެ ޤާބިލުކަން ދެގުނައަށް އިތުރުކުރައްވައި، ކޯސްޓު ގާޑަށް ބޭނުންވާ އުޅަނދުތަކާއި އާލާތްތައް ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ