Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގއ.ވިލިނގިލި

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މީހެއްގެ އަތުން 200،000 ރުފިޔާ ނަގައިފި

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މީހެއްގެ އަތުން 200،000 ރުފިޔާ ނަގައިފައިވާކަމަށް ފުލުހުން މައުލޫމާތުދީފިއެވެ.

ފުލުހުން ބުނެފައިވަނީ، ފްލެޓު ލިބުނުކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގއ. ވިލިނގިލީ މީހެއްގެ ބޭންކް އެކައުންޓުން ބޮޑު ސްކޭމްއެއް ކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. ނަމަވެސް މި މައްސަލައާއި ގުޅިިގެން އެއްވެސް މީހަކު އަދި ފުލުހުންގެ ހައްޔަރަށް ގެނެވިފައެއް ނުވެއެވެ.

އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަދުވަހުއެވެ.

ސްކޭމްގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ގިނައިން ފެންނަ އެއް ބާވަތުގެ މައްސަލައެވެ. މަކަރާއި ހީލަތުގެ އެތައް މައްސަލައެއް ކޮންމެ މަހަކުވެސް ފެންމަތިވެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރުމަހުގެ ފަހުކޮޅު ފިހާރައަކުންވެސް 200،000 ރުފިޔާގެ މުދާ ނަގާފައިވެއެވެ.

އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭ އަދަދު އިތުރުވަމުން އަންނަކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމް ބޭނުންކޮށްގެން އަދި ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ޝެއާ ކުރަމުންދާ ކަމަށެވެ. އެހެންކަމުން، އެކަންކަމަށް ސަމާލުވުމަށް ހޭލުންތެރިކަމުގެ އެތައް ޕްރޮގްރާމެއް އެތައް ގޮތަކަށް ހިންގައެވެ.

މި ލިއުމާއި ގުޅޭ