Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ރާއްޖޭގެ އެއްވެސް ވެރިޔަކު މިހާ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް ނުކުރައްވާ: ގާސިމް

ރާއްޖޭގެ ތާރީހު ދުށް އެއްވެސް ވެރިއަކު މިހާ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް އިއްޔެ މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރު ނިންމަވާލާފައި އައުމުން، ރައީސްއަށް ތައުރީފް ދަންނަވަމުންނެވެ.

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ހިލޭ އެހީއެއް ލިބިގެން ދިޔަ ދަތުރުފުޅެވެ. އެދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއް ހެދިފައިވެއެވެ. އަދި ރާއްޖޭގެ ކުރިއެރުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ހިންގަން ނިންމާފައިވެއެވެ.

ގާސިމް އެކްސްއަށް ކުރެއްވި ޕޯސްޓުގައި، ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއަށް ދައްކަން ޖެހޭ ލުއި ކުރައްވާފައިވާތީ އެކަމަށް ޝުކުރު ވިދާލުވެފައިވެއެވެ. އަދި މީގެ އިތުރުން، ރާއްޖެއަކީ ކިތައްމެ ކުޑަ ގައުމެއް ކަމުގައި ވީނަމަވެސް، ރާއްޖެއަކީ އިހްތިރާމް ކުރެވޭ ގައުމަކަށް ހެދުމަށްޓަކައި ރައީސް ކުރަންވަމުންގެންދަވާ ބުރަ މަސައްކަތްތައް ގާސިމް ފާހަގަކުރައްވާފައިވެއެވެ.

މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދިވެހި ގައުމަށް މަނިކުފާނު ހޯއްދަވައިދެއްވި އެހީތެރިކަމާއި ގައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީގެ ފަރާތުން މަނިކުފާނަށް ނުހަނު އުފަލާއެކު ޝުކުރާ ތަހްނިޔާ އާއި މުބާރަކްބާދު ދެންނެވުމަށްޓަކައި މި ޓުވީޓް އަރިސް ކުރީމެވެ.
ގާސިމް ވިދާޅުވިއެވެ

މީގެ އިތުރުން އެ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒުއަށް ޗައިނާއިން ދެއްވި މަރުހަބާގެ ފުރިހަމަކަންވެސް ގާސިމްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ