ނިމިދިޔަ ރިޔާސީ އިންތިޙާބުގައި، އެންމެ ބޮޑު ޚަރަދެއް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓު، ޤާސިމް އިބްރާހީމްކަމަށް ކެންޑިޑޭޓުންގެ މާލީ ބަޔާންތަކުން ދައްކައިފިއެވެ.
ރިޔާސީ އިންތިޙާބަކީ ކޮންމެ ކެނޑިޑޭޓެއްވެސް ބޮޑެތި ޚަރަދުތަކެއް ކުރާ އިންތިޙާބެކެވެ. ގިނަ ފައިސާ ޚަރަދުކުރާމީހާއަށް ގިނަފަހަރު ވޯޓު އިތުރުވެއެވެ. އެގޮތުުން މިދިޔަ ރިޔާސީ އިންތިޙާބުގައި ވާދަކުރެއްވި 8 މެންބަރުން ޖުމްލަ 41.8 މިލިއަން ރުިފިޔާ ކެންޕޭނަށް ޚަރަދުކޮށްފައިވެއެވެ.
ނިމިދިޔަ ރިޔާސީ އިންތިޙާބުގައި، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އާއި މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ ޚަރަދު ކުރެއްވި ފައިސާގެ އަދަދު ޖުމްލަ 8.8 މިލިއަން ރުފިޔާ އަށް އެރިއިރު ޤާސިމް ޚަރަދުކޮށްފައިވަނީ، 19.9 މިލިއަން ރުފިޔާއެވެ.
ނަމަވެސް، މިދިޔަ ރިޔާސީ އިންތިޙާބުގެ އެންމެ މަދުން ވޯޓު ލިބުނު އެއް ކެނޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ އާރުކާޓީ ޤާސިމްއެވެ. ގާތްގަނޑަކަށް 22،000 މެންބަރުން ހިމެނޭ ޖޭޕީގެ ކެނޑިޑޭޓު ޤާސިމްއަށް ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ.
ކެނޑިޑޭޓުން ރިޔާސީި އިންތިޙާބުގެ ކެންޕޭނަށް ކުރި ޚަރަދު: