Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ!

މާލޭގެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހެންވޭރުގެ މޫނިމާ ހިނގުމާއި، ލޮނުޒިޔާރަތްމަގު، ކިނބިގަސްމަގު، ޖަނަވަރީ ހިނގުން އަދި މުއިތޮށިގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ކަރަންޓު ކެނޑޭނެ ކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީއެވެ.

ސްޓެލްކޯއިން ބުނީ ހެނވޭރުގެ އެ މަގުތަކުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

އެގޮތުން އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށްވެސް އެދިފައެވެ.

މި ލިއުމާއި ގުޅޭ