Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

މަކުނުދޫއަށް ވަޑައިގަތުމުން ޑރ.މުޢިއްޒަށް ހޫނު މަރުހަބާއެއް

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ހދ.މަކުނުދޫއަށް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޑރ.މުޢިއްޒުއާއި އޭނާގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފު އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން ޑރ.މުޢިއްޒުގެ ކެމްޕެއިނަށް ބޮޑުތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މަކުނުދޫގެ އިތުރަށް ހޯރަފުއްޓާއި އިހަވަންދޫއަށް ވަޑައިގަންނަވާނެއެވެ.

އިއްޔެ މުޢިއްޒުއާއި ޓީމުން ހދ.އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން ހަނިމާދޫއާއި ނޮޅިވަރަމާއި ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، އެ ރަށްރަށުގައި ނުނިމިހުރި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވައި އެ މަޝްރޫޢުތައް ނިންމަވާނެ ކަމުގެ ޔަގީންކަން ޑރ.މުޢިއްޒު ދެއްވާފައިވެއެވެ.

ކުޅުދުއްފުށީގައި ރޭ ބޮޑު އެއްވުމެއް ބާއްވަވައި، ޑރ.މުޢިއްޒުގެ ވެރިކަމެއްގައި ތަންފީޒުކުރައްވާ ބައެއް ސިޔާސަތުތައް ހާމަކުރައްވާފައިވެއެވެ. އެގޮތުން އިޤުތިޞާދީ ސިޔާސަތުގެ ތެރެއިން ދައުލަތުގެ ދަރަނި ކުޑަކުރެއްވުމާއެކު، އިޤުތިޞާދުގެ ވިލުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާނެ ބައެއް ކަންކަން ރޭ އޭނާ ހާމަކުރެއްވިއެވެ.

މިއަދު ހެނދުނު މަކުނުދޫއަށް ޑރ.މުޢިއްޒުއާއި ކެމްޕެއިން ޓީމު ވަޑައިގެންނެވިއިރު އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވުމަށް ގިނަ އަދަދެއްގެ އާންމުން ބަނދަރުމަތީގައި އެއްވެ ތިއްބެވެ. އެ ބޭފުޅުންނާ ސަލާންކުރެއްވުމަށްފަހު، އެބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވަވައި އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މަކުނުދޫއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބޮޑެތި ވައުދުތައް ވެވަޑައިގެންފައިވާ ރަށެއްކަމަށްވީ ނަމަވެސް އެ ރަށުގައި ސަރުކާރުން ފެށި އެއްވެސް މަޝްރޫޢެއް މިހާތަނަށް ނިމިފައިނުވާކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ