Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މުލީ އެއާޕޯޓު ހުޅުވަން މޭ އެކެއްގައި ރައީސް މުއްޔަށް

އަންނަ މޭ މަހުގެ އެއްވަނަ ދުވަހު މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ މިއަދުގެ ބައިގައި ރައީސް މިފަދައިން ވިދާޅުވީ މި ވެރިކަމުގައި ކޮންމެ ރަށަކަށް ދެ ފަހަރަށް ވަޑައިގަންނާނެ ކަމަށް އެމަނިކުފާނު ވެފައިވާ ވައުދުފުޅާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ރޯދަ މަހަށް މި ދަތުރުތައް މެދުކަނޑާލި ނަމަވެސް، ވަރަށް އަވަހަށް އަނެއްކާވެސް ރަށްރަށަށް ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނެ ކަމަށާއި، އެގޮތުން މިފަހަރު އެންމެ ފުރަތަމަ ދިއުމަށް ހަމަޖެހިފައި ވަނީ މ. މުއްޔަށް ކަަމަށެވެ.

މުއްޔަށް ވަޑައިގަންނަވަނީ އެރަށުގެ އެއާޕޯޓު ހުޅުވުމަށް ކަމަށާއި، މާޗް އެކެއް ނުވަތަ އޭޕްރީލް 30ގައި މިކަމަށް މުއްޔަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މޭ މަސް ފެށޭ ތަނުން ފެށިގެން ދަތުރުތައް ފަށާނަން އިރާދަކުރެއްވިއްޔާ. މިހާރު އަޅުގަނޑުގެ ޕްލޭނަކީ އޮގަސްޓު މަހުގެ ތެރޭގައި ނުވަތަ އެ މަހުގެ ނިޔަލަށް މި ދަތުރުތަކުގެ ފުރަތަމަ ބައި ނިންމުން. މިފަހަރު އެންމެ ފުރަތަމަ ދަތުރު މިއޮތީ މ. އަތޮޅު މުއްޔަށް އެއީ މުލީ އެއާޕޯޓު ހުޅުވުމަށް. އަޅުގަނޑު މި ދަތުރު ދާނީ މޭ އެކެއް ނުވަތަ އޭޕްރީލް 30ގަ. އެންމެ ބޮޑަށް ބޭނުންވަނީ ހަމަ މި މަސް ނިމުމުގެ ކުރިން އެ އެއާޕޯޓު ހުޅުވަން" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ތާވަލްކޮށްފައިވާ ގޮތުން މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަަމަ ބައި ނިންމަވާލެެއްވޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ