Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަކުނުދޫ

މަކުނުދޫ އިންޖީނުގެއަށް ގެންނަ ތެޔޮ އުފުލަނީ ތަފާތުގޮތަކަށް!

ހދ. މަކުނުދޫ އިންޖީނު ގެއަށް ގެންނަ ތެޔޮ ތާނގީތައް އުފުލަނީ ތަފާތުގޮތަކަށްކަން ހާމަވެއްޖެއެވެ.

މަކުނުދޫ ޕިކަޕެއް ގެންގުޅޭ ފަރާތަކުން "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު ފެނަކައިން ފިކަޕް ދުއްވާ މީހުންނަށް ދައްކަން ޖެހޭ އެތައް ހާސް ރުފިޔާއެއް އެބަހުރިކަމަށާއި ފައިސާ ނުދައްކާތީ ފެނަކައަށް ދަތުރު ކޮށްދިނުން ހުއްޓާލާފައިވާކަމަށެވެ.

"އަޅުގަނޑު މިއީ ޕިކަޕް އޯނާއެއް. އަޅުގަނޑަށް ލިބެން ޖެހޭ 11300 ރުފިޔާގެ ބިލް އެބައިން. މިރަށުގަ ދެން ދުއްވާ ޕިކަޕްގެ އެބަ އުޅޭ 21000 ރުފިޔާ. ލޯންޗެއްގެ ވެރިޔަކުވެސް މިއަދު އަޅުގަނޑު ކައިރީ ބުނެފި ތިމަންނައަށްވެސް މިހާރު އަހަރު ވެއްޖެއޭ ލާރި ނުދޭތާ. އަޅުގަނޑުމެން އެންމެ އެއްބަސް ކިޔާފަ ހުއްޓައިލީ ފެނަކައަށް އެއްވެސް ވިޔަފާރިއެއް ކުރަން. ޕިކަޕް ވިޔަސް." ޕިކަޕް އޯނާ މައުލޫމާތު ދެއްވިއެވެ.

އޭނާ މައުލޫމާތު ދެއްވި ގޮތުގައި ފެނަކައަށް އެފަދަ ދަތުރު ކޮށްދިނުން ހުއްޓާލުމުން އިންޖީނުގެއަށް ބޭނުންވާ ތެޔޮ ފީފާތައް ރަށަށް އައުމުން އެ އުފުލޭނެ އެއްވެސް ގޮތެއް ނެތިގެން ސްޓާފުން ލައްވާ އެމަސައްކަތް ކުރުވަނީ ކަމަށެވެ.

"ފެނައަކައަކުން ހަމަ އެއްވެސް ވަރަކަށް ބިލަކަށް ލާރިއެއް ނުލިބޭ، ދަތުރުކޮށްފައި ދޯންޏެއްވެސް އެބަ އުޅޭ ލާރި ނުލިބި" އޭނާ ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި ފެނަކައިން ތެޔި ފީފާތައް ސްޓާފުން ލައްވާ އުފުލަމުން އަންނަ އިރު ޖެޓީ އާއި ފެނަކައާ އެއީ ވަރަށް ދުރު ދެތަނެވެ.

"ވަރަށް ދުރު އެއީ. ޖެޓީ އިން ފެށިގެން ފެނަކައާ ދޭތެރޭ މެޕުން މީޓަރު އަޅާލިއިރުވެސް ގާތް ގަނޑަކަށް 680 މީޓަރު އުޅޭ." އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ އެ މަސައްކަތް ކުރާ މުވައްޒަފުންވެސް ތިބީ ވަރުބަލި ވެފައިކަމަށެވެ.

މި ލިއުމާއި ގުޅޭ