Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް މައުމޫން ނަޝީދަށް: "ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!"

އެމަނިކުފާނު އެންމެ ބޮޑަށް ހިތާމަކުރައްވަނީ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް)ގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިފަދައިން ވިދާޅުވެފައިވަނީ ރައީސް މައުމޫނަކީ އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ކުރިމަތިލެއްވި ހުރިހާ އިންތިޚާބުތަކެއް އޮޅުވައިލައްވާ މަކަރު ހެއްދެވި ބޭފުޅެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް އޮޅުވައިނުލެއްވުނު ހަމައެކަނި އިންތިޚާބަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމުގައެވެ. އަދި އެއިންތިޚާބުގައި އެމަނިކުފާނަށް ނާކާމިޔާބުވެވަޑައިގެންނެވި ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ . 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!— Maumoon Abdul Gayoom (@maumoonagayoom) August 25, 2020

ނަޝީދާއި ރައީސް މައުމޫނުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެން ފެށުނީ ރައީސް މައުމޫނު ރިޔާސީ ނިޒާމުގެ ދިފާޢުގައި ވާހަކަދެއްކެވުމާ ގުޅިގެން އެމަނިކުފާނަށް ރައީސް ނަޝީދު ރައްދުދެއްވައި 2007 ވަނަ އަހަރު ނެގި ނިޒާމު ވޯޓަކީ އޮޅުވައިލި ވޯޓެއް ކަމުގައި ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ދެރަފުޅުވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ރައީސް ނަޝީދު ބައްލަވާތީ ކަމުގައެވެ. އަދި 30 އަހަރު ތެރޭގައި ކުރިމަތިވި ހުރިހާ އިންތިޚާބެއް އެމަނިކުފާނު އޮޅުވައިލެއްވިއިރު، 2008 ގެ އިންތިޚާބު އޮޅުވައިނުލެވުނީ ކީއްވެތޯވެސް ރައީސް މައުމޫން ސުވާލުކުރެއްވިއެވެ.
އަދި ރައީސް މައުމޫނު ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވުމަށްވެސް ރައީސް ނަޝީދުގެ ކިބައިން ރައީސް މައުމޫން އެދިވަޑައިގަތެވެ.
މި ލިއުމާއި ގުޅޭ