Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރެކްޝަނަލް ސާވިސަސް

މުވައްޒަފުންނަށް ހައުސިންގ އެލަވަންސް ދޭން ފިނޭންސްގެ ހުއްދައަށް ވާނީ އެދިފައި: ކަރެކްޝަންސް

ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ހައުސިންގ އެލަވަންސް ދިނުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދިފައިވާ ކަމަށާއި، އެ ހުއްދަ ލިބުމުން އެލަވަންސް ދިނުމަށް ތައްޔާރަށް ތިބި ކަމަށް ކަރެކްޝަނަލް ސަރވިސްއިން މިއަދު ބުނެފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ކަރެކްޝަނަލް ސާވިސްގެ މަދަނީ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެން އެ ޚިދުމަތުގެ އިސްވެރިންތަކެއް ކޮމެޓީއަށް ވަނީ ހާޒިރުކޮށްފައެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން ކަރެކްޝަނަލް ސަރވިސްގެ އިސް ވެރިން ވިދާޅުވި ގޮތުގައި، 2015 ވަނަ އަހަރުގެ އެޕްރީލް މަހު އެ ޚިދުމަތުގެ ސެލެރީ ޕެކޭޖް ފާސްކޮށް ނޮވެމްބަރު މަހު ވަޒީފާއާ ބެހޭ ގަވާއިދު އައި ފަހުން، މުވައްޒަފުންނަށް ދޭނެ އެލަވަންސްތަކުގެ ތަފްސީލީ ޕެކޭޖެއް ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

އަދި ސިވިލް މުވައްޒަފުންނަށް އެލަވަންސް ދިނުމާއި އިދިކޮޅު ނަހަދާކަމަށާއި އެއީ މުހިއްމު މަސައްކަތްތަކެއް ކުރާ މުވައްޒަފުންތަކެއްކަންވެސް އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެން މި އިދިކޮޅެއް ނަހަދަން އަޅުގަނޑުމެންގެ ސިވިލް މުވައްޒަފުންނަށް އެލަވަންސް ދިނުމަކާ ގުޅޭގޮތުން. ސަބަބަކީ މި ސިވިލް މުވައްޒަފުން ތެރޭގައި އެބަ ތިބި ޖަލުގައި ބަންދުކުރެފައި ތިބި މީހުންނަށް ޚިދުމަތް ދޭ [ފަރާތްތަކާއި] ރިހެބިލިޓޭޝަން ޕްރޮގްރާމަށް މިކަހަލަ ކަންތައްތައް ހަމަ ފޯރުކޮށްދޭ [ފަރާތްތައް]. މިއަދު އެކަމަށް މި ހުރަސްއެޅެނީ ދައުލަތުން ފިނޭންސުން މި ހުއްދަ އަޅުގަނޑުމެންނަށް ނުދޭތީ. އެހެންވީމަ ފިނޭންސުން މި ހުއްދަ ދިނުމުން މި ތިބީ މިކަން ކުރަން ތައްޔާރަށް" ކަރެކްޝަންސްގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޕެޓިޝަން ކޮމެޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގައި ކަރެކްޝަނަލް ސަރވިސްއިން އެކި ސަރުކާރުތަކަށް ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާކަން ލިޔުންތަކުން ހާމަވެއެވެ.
ނަމަވެސް ކުރީގެ ސަރުކާރުންވެސް އަދި މިހާރުގެ ސަރުކާރުންވެސް ދެމުން އަންނަނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށްދާތީ، މި ވަގުތު އެކަން ކުރެވެން ނެތް ކަމުގެ ޖަވާބުކަން ފާހަގަކުރައްވާ އަޒާން ވިދާޅުވީ އެލަވެންސް ނުދެވެނީ ފިނޭންސްގެ ހުއްދަ ނެތިގެންކަމަށްވާއިރު މި މައްސަލައާ ގުޅިގެން ކަރެކްޝަނުން ސާފުކުރަން ޖެހޭ މައުލޫމާތެއް ނެތްކަމަށް ގަބޫލުކުރައްވާކަމަށެވެ.

"މި ލިޔުންތައް ބަލާލާއިރު މި ބޭފުޅުން ޕްރިޒަންސް ބޭފުޅުން އެބަހުރި ހަމަ ތަކުރާރުކޮސް އެކިއެކި ސަރުކާރުތަކަށް މި ސިޓީ ލިޔުއްވާފައި. މި ބަޖެޓުން މި ދެވޭނެކަމާ. އެހެންވީމަ މި ހެކިތަކުން އެނގޭ ގޮތަކަށް މި ބޭފުޅުން ނުދެއްވާކަށް ނޫން. މިނިސްޓްރީން އެ ހުއްދަ ނުދެއްވާތީ، ހަމަ މި ސަރުކާރުގައިވެސް ކުރީ ސަރުކާރުގައިވެސް ދާދި އެއް ޖަވާބެއް ދީފައި މިއޮންނަނީ. ދައުލަތުގެ ޕޭޕްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ މި ދަނޑިވަޅުގައި އެކަން ކުރެވެން ނެތޭ. އަޅުގަނޑަށް ހީވަނީ މި ބޭފުޅުން ފަރާތު އަޅުގަނޑުމެން ސާފުކުރަންޖެހޭ އިތުރު މާ ބޮޑު ކަމެއް ނެތް." މެންބަރު އަޒާން ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ހައުސިންގ އެލަވަންސް ދިނުމަށް ބަޖެޓުވެސް އޮތްކަން ފާހަގަކުރައްވާ ކަރެކްޝަންސްގެ އިސް ބޭފުޅުން ވިދާޅުވީ އެކަމަށް ހުރަސް އެޅެމުންދަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބޭތީ ކަމަށެވެ.

މި ލިއުމާއި ގުޅޭ