ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޓިކްޓޮކްގެ ވެރިންނާ ހިއްސާ ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ ވެރިންނާ ރައީސް މުއިއްޒު ވަނީ މިއަދު ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޓިކްޓޮކާއި ގުޅިގެން ސަރުކާރުން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ރާއްޖެ ޑިޖިޓަލައިޒްކުރަން ގެންގުޅުއްވާ ތަސައްވުރު ރައީސް ޓިކްޓޮކްގެ ވެރިންނާ ހިއްސާ ކުރައްވާފައިވާއިރު، ރައީސްގެ ތަސައްވުރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޓިކްޓޮކްގެ ވެރިން ވަނީ ދީފައެވެ.
ޓިކްޓޮކްގެ ވެރިން ވަނީ އިއްޔެ އިކޮނޮމިކް މިނިސްޓްރީ އާއެކު ވެސް މަޝްވަރާ ބައްދަުވުމެއް ބާއްވާފައެވެ.
ޓިކްޓޮކުން އާމްދަނީ ހޯދޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވާ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވައިގެންނެވެ. އަދި އެ މީހެއްގެ ވީޑިއޯތަކަށް ފާއިތުވި 30 ދުވަހުގެ ތެރޭގައި ލައްކައަށް ވުރެ ގިނަ ވިއުސް ލިބިފައި ވާން ވާނެއެވެ.
ޓިކްޓޮކް ބޭނުންކޮށްގެން ރާއްޖޭގައި މިވަގުތު އާމްދަނީއެއް ނުހޯދެއެވެ. ޓިކްޓޮކުން ފައިސާ ލިބެނީ އެ މީހަކަށް ފޮލޯ ކުރާ މީހާގެ ނިސްބަތުން ކުރާ ކޮންމެ ޕޯސްޓަކަށެވެ.