Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމާއި ޑްރޯން ޝޯއެއް

މިއަދު ފާހަގަކުރާ މި އަހަރުގެ ފިޠުރު ޢީދު ދުވަހާއި ގުޅިގެން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ނިންމައިފިއެވެ.
އެޗްޑީސީއިން ބުނިގޮތުގައި މިރޭ 8:30 ގައި ޑްރޯން ޝޯއެއް 30 މިނެޓަށް ކުރިއަށް ގެންދާނެއެވެ. އަދި އެއަށްފަހު 9:00 ގައި ހަވާ އަރުވާނެއެވެ. އެޗްޑީސީން ބުނީ މި ހަރަކާތްތައް ބޭއްވުމުގެ ބޭނުމަކީ، ޢީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށެވެ.
މިރޭ ހަވާ އެރުވުމަށް ނިންމާފައިވާއިރު އީދާ ދިމާކޮށް ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

ޢީދާއި ގުޅިގެން ހަވާއެރުވުމާއި ޑްރޯން ޝޯއެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު މިދިޔަ އަހަރު ވެސް ޢީދު ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ހަވާއެރުވުމާއި ކުޅިވަރުގެ ހަރަކާތްތައް އެޗްޑީސީއިން ބާއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ